ޓެކްސް ބިލްތަކަކީ ހަމަ އެކަނި މިސަރުކާރު 2013 ކެމްޕޭނަށް ފައިސާ އިތުރު ކުރުން
މަޖިލީ ހުގެ މެންބަރުންނަށް މިގޮވާލަނީ ޓެކްސް ބިލް ޢޭކިޔާފައި މިކުޅޭ ޑުރާމާއަށް ވިސްނާ ފިކުރު ކުރާށެވެ.ކިތަންމެ ޓެކްސްބިލެއް ފާސްވިޔަސް ނިކަމެތި ރައްޔިތު މީހާޔަށް ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެ. މިސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމަކަށް ކޮލި މެން ސަޕޯޓު ކުރާނެ. އޭގެ ހަގީގަތަކީ އެމީހުންނަށް ބައި އެޅޭ ތީއެވެ.ތިލަފުޝި ހިއްކުމުގެ މަޝްރޫއަކީ ރީކޯ މޫސާ ފުރަންޓަ ނެރެފަ ހުއްޓަސް ކޮލި މެން ގެ ކަމަކެވެ. އެއީ މިސަރުކާރު ގެން ނަން މިނިވަން ރޭޑިޔޯ އުފައްދަން ދިން ލޯނުގެ ރިކަވަރ ކުރުމަށްޓަކާ ދިން މަޝްރޫ އެކެވެ. ކޮލިމެން މަހުޖަނު ވުން ނޫންކަމެއް ނޯންނާނެވެ.ކީއްވެ ތޯ ކޮލިމެން ބޭއްވި ޖަލްސާގައި ގާސިމް އަދިޗަމްޕާ ބައިވެރި ނުކުރީ ކީއްވެ.އިތުބާރުކެނޑޭފަދަ، ބޮޑެތި ދޮގުތައް ހަދައިގެން ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެގޮތުން އެހެންބަޔަކު ނުދަންނަ އައު ތިޔަރީއެއް ތަންފީޒުކުރުމަކީ ޤައުމެއްގެ ނިސްބަތުގައި ކުރެވޭނެކަމެއް ނޫނެވެ.ރާއްޖޭގައި މިހާރު މިއޮތް ސަރުކާރު ވެރިކަމާ ޙަވާލުވީ ދިވެހިރައްޔިތުންނަށް ވަޢުދުތަކެއްވަމުން އުންމީދިތަކެއް އައުކޮށްދެމުންނެވެ. ވެރިކަމުގެ ދައުރުގެ ދެބައިކޮށްފައި އެއްބައި ވެތުވެދިޔައިރު، ގިނަބަޔަކުވަނީ ނާއުންމީދުވެފައެވެ. އޯގާތެރިކަމުގެ ކަންފުޅެއްނެތްތާ، ހެޔޮކޮށް ކުރެވޭކަމެއް ނުފެނެއެވެ. ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ލިބިދާނެކަމުގެ ކުޑަވެސް އުންމީދެއް ނެތްތާ، ދައްކަނީ ނާނާ ހުވަފެނެވެ.އޯގާތެރި ސަރުކާރުކިޔަސް، ހެޔޮވެރިކަންކިޔަސް އަސްލުގައި އެސިފަނެތްނަމަ ކިޔާނަމަކުން އެސިފަ ނުގެނެވޭނެކަން އެބަ ގަބޫލުކުރާންޖެހެއެވެ.
ވީމާ ދިވެހި ހުރިހާ ރައްޔިތުންނަށް މިގޮވާލަނީ މިއަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަ މިބަރަކާއް ތެރިރަމަޝާން މަހު ދުޢާ ކުރާށެވެ.




